English Edition
Dhivehi Edition

ކޮވިޑް19 އާ ގުޅިގެން ބަލަން ޖެހޭ ކަންތައް ބެލުމަށް ވ. ތިނަދޫ މޮނިޓަރިން އަށް ލައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގެ އޮފިޝަލަކު ވިދާޅުވީ ތިނަދު އަށް އަރައި ފޭބުން މަނާ ކުރީ އެ ރަށުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިއެއް ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރި އިރު، ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެ ރަށަށް ޗުއްޓީ ހޭދަކުރަން ދިޔަ ޕާކިސްތާންގެ ފަތުރުވެރިޔާ ކޮވިޑް19 އަށް ޕޮޒިޓިވްވިއިރު އެމީހާ ވަނީ އެ ރަށުގެ ބައެއް މީހުންނާއި ދިމާވެފައެވެ. އެހެންކަމުން އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެ ރަށަށް އަރައި ފޭބުން މަނާކޮށްފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ފަހަކަށް އައިސް އަތޮޅުތެރޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 24،651 އަށް އަރާފައެވެ. މި ބަލީގައި 27 މީހަކު ވަނީ ނިޔާވެފައެވެ.