English Edition
Dhivehi Edition

ކޯވިޑް-19 އިން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ފައިޒަރ ވެކްސިން ގެންގުޅެން ޖެހޭ ފިނިހޫނު މިނުގެ ގޮތުން މިވެކްސިން ރާއްޖޭގައި ދޭނީ ހަމައެކަނި މާލޭގައި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް 5،500 ޑޯޒްގެ ފައިޒަރ ވެކްސިން ލިބިފައިވާއިރު މި ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ފައިޒަ ވެކްސިނަކީ ފިނިހޫނުމިން މައިނަސް 70 -ޑިގްރީ ސެލްސިއަސްގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުން މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށާއި އަދި ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޗްޕީއޭއިންވަނީ ބުނެފަ އެވެ.

އޭގެތެރޭގައި ހަށިގަނޑުގެ ދިފާޢީ ނިޒާމް ބަލިކަށި މީހުންގެ ގޮތުގައި ބެލެވޭ ، ގުނަވަންތައް ބަދަލު ކޮށްފައިވާ މީހުންނާއި، ޑަޔަލަސިސް ގަވައިދުން ހަދާ މީހުންނާއި، ކެންސަރު ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީ ފަރުވާ ހޯދާ މީހުންނާއި ދިފާއީ ނިޒާމު ދެރަކުރާފަދަ ބޭސް ބޭނުން ކުރަންޖެހޭ މީހުން ހިމެނެއެވެ

ފައިޒަރ ވެކްސިން އަކީ އުމުރުން 16 އަހަރުން މަތީގެ އުމުރުފުރާތަކަށް ދެވޭ ވެކްސިނަކަށް ވާތީ 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ވެސް މިފަދަ ފަރުވާއެއް ނުވަތަ ބައްޔެއް ޖެހިފައިވާ އަދި ބޭހެއް ބޭނުން ކުރާ ކުދިންނަށް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރެވޭނެ ކަމަށް އެޗްޕީއޭއިން އަންގާފައި ވެއެވެ. ފައިޒަރ ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ޖެހެނީ https://tinyurl.com/j5jdehrz މި ލިންކު މެދުވެރިކޮށެވެ.

މިވެކްސިން ދޭން ހަމަޖައްސާފައި ވަނީ ރާއްޖެއަށް ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި އަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެންނެވެ. އަދި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ފައިޒަރ ވެކްސިން އަކީ ކޮވިޑް – 19 ގެ ސައުތު އެފްރިކަން ވޭރިއަންޓުވެސް ނައްތާލާ ވެކްސިނެއްކަން ސިއްޙީމާހިރުން ދާދި ފަހުން ހޯދި ހޯދުން ވަނީ އެނގިފައެވެ. މިވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރާ ފަރާތްތަކަކީމަދުވެގެން 6 މަސް ވަންދެން ކޮވިޑުން ރައްކާތެރިވެފައިވާ ބައެއްކަމަށް ފައިޒަރ އިން ބުނެއެވެ. ކްލިނިކަލް ޓްރައިލް ދައްކާ ގޮތުން ފައިޒަރ ވެކްސިނަކީ 95އިން ސައްތަ އަށް ކޮވިޑް ބަލި ރަނގަޅު ކޮށްދޭ ވެކްސިނެކެވެ. ވަކިން ޚާއްސަކޮށް ބޮޑުވަރުވާ މީހުން ރަނގަޅު ކުރުމުގައި މި ވެކްސިނަކީ ސައްތައިން ސައްތަ ކާމިޔާބު ވެކްސިނެކެވެ.

P

ފައިޒަރ ވެކްސިނަކީ ޖަރުމަނުވިލާތުގެ ބަޔޯއެންޓެކާއި އެމެރިކާގެ ފައިޒަރކުންފުންޏާއި ގުޅިގެން އުފެއްދި ވެކްސިނެކެވެ. ޑަބްލިއު އެޗްއޯއިން ވަނީ މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ. އަދި މިއީ، ޑަބްލިޔޫއެޗްއޯގެ “އިމަޖެންސީ ޔޫސް ލިސްޓިންގ” ގައި ހިމެނުނު ފުރަތަމަ ކޮވިޑް ވެކްސިނެވެ.

ފައިޒަރ ވެކްސިނަށް ޑަބްލިޔޫއެޗްއޯއިން ހުއްދަ ދިންއިރު، އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި، ބޭސް އުފައްދާ ކުންފުނި، އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކުރި ކޮވިޝީލްޑް ވެކްސިން އާއި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޮފާރމްއިން އުފެއްދި ކޮވިޑް-19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.