English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓްރީ - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

މިއަދުން ފެށިގެން ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޚިދުމަތްތައް އޮންލައިންކޮށް ދިނުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ހާލަތާގުޅިގެން، އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް 08 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން، ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ކަމަށެވެ.

އެގޮތުން ވިޔަފާރިއާ ގުޅޭ ޚިދުމަތްތަކަށްއެދި ހުށަހަޅާނެ ގޮތުގެ ތަފްސީލް ހިމެނޭ ލިސްޓެއްވެސް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން މިގޮތަށް ނިންމާފައި މިވަނީ ކޮވިޑް-19 އަށް ރާއްޖެއިން މީހުން ޕޮޒިޓިވްވާ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އިއްޔެ އެކަނިވެސް 127 ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީންވެސް ވަނީ މިހާރު މި ބަލި ފެނިފައެވެ.