English Edition
Dhivehi Edition

ރިލެކްސް ފެރީ ސާވިސްއިން ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެންމެ ދެކުނުގެ އަތޮޅު ތަކަށް ރިލެކްސް ފެރީ ސާވިސް އިން ކުރަމުން އަންނަ ދަތުރުތައް މެދުނުކެނޑި ކުރިއަށްދާއިރު މިފެށުނު އޭޕްރީލް މަހުންފެށިގެން ކުރިއަށް އޮތް ރަމަޟާން މަހާއި އަދި ޢީދު ބަންދާ ހަމަޔަށް ފެރީ ގެ ޓިކެޓް ވަނީ އަގުހެޔޮކޮށްފައެވެ. އެގޮތުން ކޮންމެ ޓިކެޓަކުން 50 ރުފިޔާ އަގުހެޔޮ ކޮށްފައިވާކަމަށް ރިލެކްސް ފެރީ ސާވިސްއިން މަޢުލޫމާތު ދެއްވައެވެ.

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އެއްރަށުން އަނެއް ރަށަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރުމާއި މުދާ ގެންދިއުމަށް އެހީތެރިވެދީ ކަސްޓަމަރުންނަށް އިތުރު ލުޔެއް ދިނުމުގެ މަޤްސަދުގައި ފެށި މިޚާއްސަ ޕްރޮމޯޝަނާއެކު ގިނަ ބާވަތްތަކުގެ މުދަލާއި މޭވާއާއި ތަރުކާރީ އަދި ރަށުގައި އުފައްދާ ސާމާނު އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި ފަސޭހަތަކެއް ލިބި ގިނަ ބަޔަކު ރިލެކްސް ފެރީގެ ޚިދުމަތް ހޯދާނެ ކަމަށް ބެލެވެއެވެ.

އެ ކުންފުނިން ބާއްވަމުން އަންނަ ފެރީ ސާވިސް ކޮންމެ ހަފުތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހު އައްޑޫ އަށް ދަތުރުތައް ކުރަން ހަމަޖެހިފައިވާއިރު މި ދަތުރުތައް ރާވާފައި ވަނީ ހުވަދު އަތޮޅުގެ ރަށްތަކުގެ ތެރެއިން ތިނަދޫ، މަޑަވެލި، ނަޑެއްލާ، ރަތަފަންތޫ ފިޔޯރީ، ފަރެސްމާތޮޑާ އަދި ވާދޫ ރޫޓުގެ ތެރެއިންނެވެ. އައްޑޫން ކަނޑުހުޅުދޫ، ގައްދޫ ، ގެމަނަފުށި އަދި ވާދޫ އަށް މިހާރު 650 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު އައްޑޫއިން މަޑަވެލި އަދި ތިނަދޫ ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ، ވިލިނގިލި، މާމެންދޫ، ނިލަންދޫ، ދާންދޫ އަދި ކޮނޑޭ އަށް އެއްކޮޅު އަގަކީ 750 ރުފިޔާއެވެ. ފުވައްމުލައް/އައްޑޫ ދަތުރަކަށް ކޮޅަކަށް ނަގަނީ މިހާރު 250ރުފިޔާ އެވެ. ފުވައްމުލަކުން ގައްދޫ،ކަނޑަހުޅުދޫ، ގެމަނަފުށި،ވާދޫ އަދި ފަރެސްމާތޮޑާއަށް 400 ރުފިޔާ ނަގާއިރު ފުވައްމުލަކުން ހުވަދޫގެ އެހެން ރަށްރަށަށް ނަގަނީ 500 ރުފިޔާއެވެ. އެ ސާވިސް އިން އަންނަނީ ހޮނިހިރު ދުވަހު އައްޑޫ އާއި ފުވައްމުލަކާ ދެމެދު ހާއްސަ ދަތުރެއްވެސް އަޅަމުންނެވެ.

ރިލެކްސް ފެރީއިން ޖާގަ ބޭނުންވާ ފަރާތްތަކުން ދަތުރުކުރާ ފަރާތެއްގެ މައުލޫމާތު، ދަތުރުވެރިޔާގެ ނަން، ގުޅޭނެ ފޯން ނަންބަރު، ދަތުރުކުރަން ބޭނުންވާ މަންޒިލް އަދި ދަތުރުކުރަން ބޭނުންވާ ތާރީޚު ޖެއްސެވުމަށްފަހު 6861616 ނުވަތަ 7881124 ނުވަތަ 9998836،7333289،7903532، 9921256 ނޫންނަމަ 9425917 މިނަމްބަރަށް ވައިބާ މެދުވެރިކޮށް ނުވަތަ ފޯނުން މެސެޖް ކުރުމުން ޖާގަ ކަށަވަރު ކުރި ކަމުގެ މެސެޖެއް ލިބޭނެއެވެ. އެމެސެޖުގައި ފައިސާ ޖަމާކުރަންޖެހޭ އެކައުންޓާއި އެކައުންޓުގެ މައުލޫމާތު ހިމެނެއެވެ. ފައިސާ ދެއްކުމަށްޓަކައި މެސެޖުގައިވާ އެކައުންޓް ނަންބަރަށް ދަތުރަށް ނެގޭ ފައިސާގެ އަދަދު ޖަމާ ކުރުމަށްފަހު ޖާގަ ހޯދުމަށްޓަކައި މެސެޖުކުރި ނަންބަރަށް ސްލިޕްކޮޅު ވައިބާ މެދުވެރިކޮށް ފޮނުވުމުން ދަތުރުވެރިޔާގެ ޓިކެޓް ވައިބާ މެދުވެރިކޮށް ފޮނުވައެވެ.