English Edition
Dhivehi Edition
ފޮޓޯ: ރިލެކްސް ސްޕީޑް

ދެކުނުގެ 4 އަތޮޅަށް ރިލެކްސް ފެރީ ސާވިސްއިން ކުރަމުން އައި ދަތުރުތައް ހޯމަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ. ރިލެކްސް ފެރީ ސާވިސްގެ މާކެޓިން މެނޭޖަރ އަޙްމަދު ޝަރީފް ވިދާޅުވީ ކޮވިޑް 19 ގެ ޙާލަތު ރަނގަޅުވެ އައްޑޫސިޓީ މޮނިޓަރިން އިން ނެގުމާގުޅިގެން ކުރިއެކޭވެސް އެއްގޮތަށް އެސާވިސްގެ ޚިދުމަތް ކަސްޓަމަރުންނަށް މިހާރު ލިބޭނެ ކަމަށެވެ.

” މިހާރު އަދި މަޢުލޫމާތު ލިބިފައިވާ ގޮތުން ދަތުރު ކުރައްވާ ބޭފުޅުން ޕީސީއާރް ޓެސްޓު ހަދާކަށް ނުޖެހޭ. އެހެންކަމުން އެޗްޕީއޭގެ ގައިޑްލައިން ތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަށް އެއްވެސް ހުރަހެއް ނެތް . އަޅުގަނޑުމެން މިތިބީ ނިއުނޯމަލްއަށް ފުރިހަމައަށް ތަބާވެގެން ތިޔަބޭފުޅުންނާއެކު ދަތުރުކުރުމަށް ތައްޔާރަށް. “ޝަރީފް ވިދާޅުވިއެވެ.

ރިލެކްސް ފެރީގެ ޢާއްމު ޝެޑިއުލްއަށް އިތުރު ބަދަލެއް ނައިސް ހަމަ ކުރިއެކޭ ވެސް އެއް ގޮތަށް ދަތުރު ކުރުމަށް ތައްޔާރުވެފައިވާއިރު އެފެރީގެ ފުރަތަމަ ދަތުރު ހޯމަ ދުވަހު އޮންނާނީ އައްޑޫއިން ގއ.ގެ ރަށްތަކަށެވެ.

ގދ ގެ ރަށްތަކަށް ބުރާސްފަތި ދުވަހު ދަތުރު ހަމަޖެހިފައިވާއިރު ކުރިއެކޭވެސް އެއްގޮތަށް ހޮނިހިރު ދުވަހަކީ ފުވައްމުލަކަށް ޚާއްސަ ދުވަހެވެ.

ދަތުރު ރިޒާވް ކުރެއްވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9998836 އަދި 7881124 އަށް ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.