English Edition
Dhivehi Edition

ތަފާތު އެކި ވައްތަރުގެ ލައްސީއަކީ ގިނަބަޔަކަށް މީރު ބުއިންތަކެކެވެ. ވަކިން ޚާއްޞަކޮށް މެންގޯ ލައްސީއަކީ މާ ކަމުދާ ބުއިމެކެވެ. ރޯދަވީއްލާވަގުތު ފިނިފިނި ލައްސީތައްޓެއް ބޯލުމުން މުޅި ހަށިގަނޑަށް ދިރުން ލިބި އެތެރެހަށި ފިނިކޮށްދެއެވެ. މީގެ އިތުރުން ގައިގައިވަރުޖެހި މީހާ ތާޒާކޮށްލައެވެ. އެހެންކަމުން މިއަދުގެ ރޯދަވީއްުލުމަށް ލައްސތައްޓެއް ތައްޔާރުކޮށްލަމާ ހިނގާށެވެ. 2 ތަށި ލައްސީއަށް ބޭނުންވާ ތަކެތި: 2 ޖޯޑު ޔޯގަޓް 2 ޖޯޑު އަނބު ކޮށާފައި 2 މޒ ސަމްސާ ހަކުރު ކުޑަ މާފެންފޮދެއް ބައި ސަމްސާ ކަފުރުތޮޅި، މުގުރާފައި 2 ސަމްސާ ޕިސްޓާޗިއޯ، ކޮށާފައި. މިއީ ހަމައެކަނި ގާނިޝްކޮށްލުމަށް   ތައްޔާރުކުރާނެގޮތް: އަނބު މަށާލުމަށް ފަހު ކުދިކުދިކޮށް ކޮށާލާށެވެ. މިކްސަރ އަކުން އަނބުކޮޅު ގިރާލާށެވެ. ގިރާއިރު ހަކުރުކޮޅު އެއަށް އެއްކޮށްލާށެވެ. ޔޯގަޓް އަދި މާފެންފޮދާއި ކަފުރުތޮޅިކޮޅު އަޅާލާފައި އެއްކޮށްލާށެވެ. އޮމާންވަންދެން ރަނގަޅަށް ގިރާލާށެވެ. 2 ތައްޓަށް އަޅާލުމަށްފަހު މައްޗަށް ޕިސްޓާޗިއޯ ކޮޅު އަޅާލާށެވެ. އަދި ފިނިކުރަން އިރުކޮޅަކަށް އަލަމާރީގައި ބަހައްޓާށެވެ.