English Edition
Dhivehi Edition
އައްޑޫ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު އަޒާން / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މަގާމުގައި ހުރި އިރު، އިބްރާހީމް ފަޒުލް ރަޝީދު ކުރަން ނުޖެހޭ ކަންތައްތަކެއް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

އަޒާން “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަޒުލްގެ މައްސަލަ ބަލަންޖެހޭ ކަމަށާއި އެފަދަ މަގާމެއްގައި ހުންނަވައިގެން ކޮށްގެން ނުވާ ގިނަ ކަންތައް އޭނާ ކުރެއްވި ކަމަށެވެ.

މީގެ އިތުރުން އަޒާން ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ އިސްވެރިންވެސް ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުން ދުރުހެލިވާން ޖެހޭނެކަމަށެވެ. އަދު ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް ފުރުސަތު ނުދޭނެކަމަށް އަޒާން ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމުން ގޯތި ހައްގު ނޫން ބަޔަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތުހުމަތުގައި ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭނާ ވަނީ އިއްޔެ އެޗްޑީސީގެ އެމްޑީކަމުން އިސްތިއުފާދީފައެވެ.