English Edition
Dhivehi Edition
2020 ވަނަ އަހަރު މާލެ މަގުމަތީ ފުލުހުން ހަރަކާްތްތެރިވަނީ ސަން ފޮޓޯ -- ފަޔާޒު މޫސާ

ގަލޮޅުގައި ހުރި ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލެ، ގަލޮޅުގައި ހުރި ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު 5:02 އެހާކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ނިޔާވެފައި އޮތްވާ ފެނުނީ ގ. ފަރެސް ލައިޓް، އަލީ ރަޝީދު (35އ) ކަމަށެވެ.

ފުލުހުން ބުނީ އަލީ ރަޝީދު އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. މި ކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައެއް ނުވެއެވެ. އަދި ފުލުހުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.