English Edition
Dhivehi Edition
މާލެ މަގުމަތި / ފޮޓޯ:ފަޔާޒު މޫސާ

މާލޭގެ ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވައި އަނެއްކާ ވެސް ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވައި ފެނިފައިވަނީ މ. ބިއުޓީ ވިލާ ދާއޫދު ޖިމްރީޒް 45، އެވެ.

ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ރޭ 1:27 ހާޢިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނައިރު އިއްޔެ ހަވީރުވެސް މާލެ ގެއަކުން ވަނީ މަރުވެފައި އޮތް މީހަކު ފެނިފައެވެ.