English Edition
Dhivehi Edition
އަތުލައިގަތް ބައެއް ބިދޭސީން: - ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ބިދޭސީންތަކަކާއި އެޖެންޓުންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، އެމީހުން އަތުލައިގަތީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހޯދުމަށް ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަނެއްގެ ތެރެއިން ކަމަށެވެ. އެގޮތުން، އެ އިންސްޕެކްޝަންތަކުގައި 7 ބިދޭސީ އަންހެނުންނާއި 2 ބިދޭސީ އެޖޭންޓުން އަތުލައިގަނެފައިވެއެވެ.

އޭގެތެރެއިން ތިން އަންހެނަކު ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި ބާކީ ހަ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން މިދިޔަ މަހު ވެސް ވަނި ހަށިވިއްކުމުގެ ވިޔަފާރި ކުރި ހަ ބިދޭސީން އަތުލައިގަނެ ޑީޕޯޓު ކޮށްފައެވެ.

ޓެގު