English Edition
Dhivehi Edition

އުރީދޫ ސުޕަރނެޓް ފައިބަރ ބުރޯޑްބޭންޑުގެ ޚިދުމަތް 100 އެމް.ބީ.ޕީ.އެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކަކާއި އެކު، ހދ. މަކުނުދުއަށް މިއަދު ތަޢާރަފުކޮށްފިއެވެ.
މިއަދު ތަޢާރަފުކުރެވުނު ޚިދުމަތާއެކު ހދ. މަކުނުދޫއިން ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ޚިދުމަތް ހޯދާ އެންމެ ފުރަތަމަ 20 ކަސްޓަމަރުންނަށް މައިކުރޯސޮފްޓް 360 ލައިސަންސްވެސް ލިބޭނެކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ވަރަށް ފަހުން ވަނީ އުރީދޫގެ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގުރޭޑް ކޮށްފައެވެ. މިބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއިއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތުރޮޓުލް ސްޕީޑްވެސް ލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސް ގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ޑިޖިޓަލް ޚިދުމަތްތަކާއިއެކު މުޖުތަމަޢުތައް ކުރިއެރުވުމަށް އުރީދޫއިން އަބަދުވެސް ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރާކަމަށެވެ. އެހެންކަމުން އަނެއްކާވެސް ރާއްޖޭގެ އިތުރު ރަށަކަށް ފެންވަރު ރަނގަޅު އިންޓަނެޓް ފޯރުކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި އުރީދޫގެ މަގުސަދަކީ ރާއްޖޭގެ މުޖުތަމަޢުތައް ގުޅުވާލަދީ އިތުރު ފުރުސަތުތަކާއެކު އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުން ފަހިކޮށްދިނުން ކަމަށް ނިޔާޒް ވިދާޅުވިއެވެ.

ސުޕަނެޓްގެ ޚިދުމަތާއިއެކު ހދ. މަކުނުދޫ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި ލުއި ފަސޭހަކަން ލިބިގެންދާނެއެވެ.

މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ގެޓްސުޕަނެޓް އިން ލިބެން ހުންނާނެއެވެ.