English Edition
Dhivehi Edition

އިއްޔެ އިދިކޮޅު މެންބަރުން ހައުސިންގ މިނިސްޓްރ އާއި ބައްދަލުކުރައްވަން އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިނުވާ ކަމަށް މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު ވިދާޅުވީ ހައުސިންގ މިނިސްޓްރާއި ބައްދަލުކުރުމަށް ކަމަށް ބުނެ އިދިކޮޅު މެންބަރުން ކުޅުނީ ސިޔާސީ ޑްރާމާއެއް ކަމަށާއި އެގޮތަށް ކުޅޭ ޑްރާމާތަކަށް އިޖާބަ ނުދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ އޮންނަ އުސޫލުތަކުގެ ތެރެއިން ބައްދަލުކުރަން އުޅެފި ނަމަ އެ ފުރުސަތު ދެއްވާނެކަމަށާއި ކުއްލިއަކަށް ބައަކު އައިސް ބައްދަލުކުރަން އުޅުނު ނަމަވެސް މަސައްކަތް ތާވަލުކުރެވިފައި ހުންނަ ބުރަކަމުން އެކަމަށް ފުރުސަތު ނުދެވި ހިގައިދާނެކަމަށެވެ

މީގެ އިތުރުން މުއިއްޒު ވިދާޅުވީ މީހުންނަށް ދޫކޮށްފައިވާ މާކްސް ސްލިޕަށް މިހާރު ވަނީ ބަދަލުތަކެއް އައިސްފައި ކަމަށާއި އެ ބަދަލުތައް ގެންނަން ޖެހުނީ އެކި މަރހަލާތަކުގައި މައުލޫމާތު ސާފުކުރިއިރު ފޯމްގައި ބަޔާންކޮށްފައިވާ ހާލަތާއި ފޯމު ހުށަހެޅިއިރު ދީފައިވާ މައުލޫމާތު ދިމާނުވުމުން ކަމަށެވެ. އަދި ފްލެޓް ދޫކުރުމުގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ ސިޔާސީ ކުލަތައް ޖައްސަން މަސައްކަތްކުރި ނަމަވެސް އެކަން ނުކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ