English Edition
Dhivehi Edition

އެހެން އަހަރުތަކެކޭ އެއްގޮތަށް 1442 ވަނަ އަހަރުގެ ރަމަޟާންމަހަށް، ސަޢޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދިޔާކުރައްވައިފިއެވެ.

މިއަހަރު ބެހުމަށް ހަވާލުކުރެވުނު 25 ޓަނުގެ ކަދުރާ މިނިސްޓްރީގެ ފަރާތުން ހަވާލުވެފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ 28 މާރިޗު 2021 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީގައެވެ.

މީގެ ކުރީގެ އަހަރުތަކުގައި ރާއްޖެއަށް ސަޢުދީގެ ފަރާތުން 50 ޓަނުގެ ކަދުރު ހަދިޔާކުރައްވާފައިވެއެވެ.