English Edition
Dhivehi Edition
މީގެ ކުރިން ސައުދީ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކަދުރު ބާހާ ގަޑިތައް އާންމުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު ބެހުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހަށް ކަމަށެވެ. އަދި މި ދުވަސްތަކުގައި ކަދުރު ބެހުން އޮންނާނީ މެންދުރު 13:00 އިން 15:00 އަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެއިތުރުން މިނިސްޓްރީން ބުނީ މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހުގެ ހެނދުނު 9:30 އިން މެނދުރު 12:00 އަށް ވެސް ކަދުރު ބެހުން އޮންނާނެކަމަށެވެ. ކަދުރާ ހަވާލުކުރާނީ އެ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށް މިނިސްޓްރީން ބުނެފައިވާއިރު ކޮންމެ ގޭބިސީއަކަށް ބަހާނީ އެއް ޕެކެޓް ކަދުރެވެ.

މާލެއާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނެވެ. ސައުދީން މި ފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 55 ޓަނުގެ ކަދުރެވެ