English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ސިއްޙަތަށް ވަރަށް ފައިދާ ހުރި ބުއިމެއް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ. ދޮންކޭލުގެ އިތުރުން ކަދުރަކީ ހަށިގަނޑަށް ވަރަށްފައިދާ ހުރި މޭވާއެކެވެ. މިއަދުގެ ޑްރިންކަކީ ރޯދަވީއްލުމަށްފަހު ބޯލަން ވަރަށް ކަމުދާނެ ޑްރިންކެއް ކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތި: (2ތަށްޓަށް)

2 ޖޯޑު އަލްމަންޑް މިލްކް ނުވަތަ / ފުލްކްރީމް/ ލޯފެޓް

4 ކަދުރު އޮށްނަގާފައި ކުދިކޮށް ކޮށާފައި

2 ދޮންކެޔޮ ކޮށާފައި ގަނޑުކޮށްފައި

ގާނިޝް ކުރުމަށް ޗޮކްލެޓް ސިރަޕް

ތައްޔާރުކުރާނެގޮތް:

ބްލެންޑަރަށް ކިރު، ދޮންކެޔޮ އަދި ކަދުރު އަޅާފައި މިކްސަރުން ރަނގަޅަށް ގިރާލާށެވެ. އިތުރަށް އޮލަކޮށް ލުމަށް އައިސްކިއުބް އަޅާފައި އަލުން ބްލެންޑް ކޮށްލާށެވެ. ދެ ބިއްލޫރި ތަށި ނަގާފައި ދެތަށްޓަށް އެއްވަރަކަށް އަޅާފައި ގާނިޝް ކުރުމަށް ޗޮކްލެޓް ސިރަޕް އެޅުމަށްފަހު ރީތިގޮތަކަށް ގާނިޝްކޮށްލާށެވެ.