English Edition
Dhivehi Edition

މިއަހަރުގެ މެއި މަހާއި ޖޫން މަހު ބޭއްވުމަށް ކުރިން ހަމަޖެއްސި އެޑެކްސެލް އޭލެވެލް އިމްތިޙާނު އަންނަމަހުގެ 26ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުރިން އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މެއި މަހުގެ 5ވަނަ ދުވަހުއެވެ. އަދި އެއިމްތިޙާނު ނިމޭނީ ޖޫން މަހުގެ 17 އަށެވެ. އޭލެވެލް އިމްތިޙާނު ކުރިއަށްގެންދިޔުމަށް ނިންމުމާގުޅިގެން މިމަހުގެ 11 ދުވަހުގެ ނިޔަލަށް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް އެޕްލިކޭޝަންތައް ހުށައަޅަން ހުޅުވާލިއެވެ.

މިއަހަރުގެ މެއި، ޖޫންގައި އޭއެސް، އޭލެވެލް އިމްތިޙާނު ނުބާއްވަން އިނގިރޭސިވިލާތުގެ ޕިއާސަންއިން ނިންމީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެހެންނަމަވެސް އެ އިމްތިޙާނު ރާއްޖޭގައި ބާއްވަން ފަހުން އެޑެކްސަލްއިން ނިންމިއެވެ.

ކޯވިޑް-19ގެ ސަބަބުން 2020ވަނަ އަހަރު ރާއްޖޭގެ ސްކޫލްތައް ގިނަ ދުވަސްތަކަކަށް ބަންދުކުރަން ޖެހުމުގެ ސަބަބުން 2020ވަނަ އަހަރާއި 2021ވަނަ އަހަރުގެ އެކެޑެމިކް ކަލަންޑަރަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން އޯލެވެލް އާއި އޭލެވެލް އިމްތިޙާނު ބާއްވާ ތާރީޚްތަކަށްވެސް ވަނީ ބަދަލުތަކެއް އައިސްފައިއެވެ.