English Edition
Dhivehi Edition
ޝަރަފުއްދީން ސްކޫލްގެ ދަރިވަރުން އޯލެވެލް އިމްތިހާން ހަދަނީ/ފޮޓޯ ޝަރަފުއްދީންސްކޫލް

އެޑެކްސެލް އޭލެވެލް މެއި/ޖޫން ގެ އިމްތިޙާނު ކުއްލި ގޮތަކަށް އޭޕްރީލްމަހު ބާއްވަން ނިންމިކަން ރޭ އިޢުލާން ކުރުމާއެކު ގިނަ ދަރިވަރުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް އެ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުން ބޭނުންވާނަމަ މިއަހަރުގެ ފަހުކޮޅު ބާއްވާ އިމްތިޙާނުން ފުރުސަތު ހޯދައިދޭނެ ކަމަށް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭޕްރިލް/މެއި ގައި ބާއްވަން ނިންމާފައިވާ އޭލެވެލް އަދި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާން އެދިފައިވާ ގްރޭޑް12ގެ ދަރިވަރުންނަށް އެ ކުދިން ބޭނުންނަމަ މިހާރު އެޕްލިކޭޝަން ވިތްޑްރޯ ކުރުމަށްފަހު މި އަހަރު އޮކްޓޯބަރު/ނޮވެމްބަރުގައި އޮންނަ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ މިނިސްޓްރީގެ އިޢުލާނުގައި ވާގޮތުން ވިތްޑްރޯ ކުރާ ދަރިވަރުންނަށް ސްކޫލް ނަމުގައި އަލުން ބައިވެރިވެވޭނެ އެވެ. މިގޮތަށް ވިތްޑްރޯ ކުރެވެނީ އައިއޭއެލްގެ މާއްދާތައް އެކަންޏެވެ. މީގެ އިތުރުން އެޗްއެސްސީ އިމްތިހާނު ހަދާ ދަރިވަރުންނަށް އެ އިމްތިހާނު މިހާރު ތާވަލު ކުރެވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އެޑިއުކޭޝަނުން ވަނީ އިމްތިހާނު ވިތްޑްރޯ ކުރުމަށް ބޭނުންވާ ދަރިވަރުންގެ މައުލޫމާތު މި މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސްކޫލް މެދުވެރިކޮށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނަށް އެންގުމަށް އެދިފައެވެ. މި ބަދަލާއެކު ގަދަ 10އަކަށް ދަރިވަރުން ހޮވުމުގައިއާއި ސްކޮލަރޝިޕް ދިނުމުގައި ބަލާނީ އޭޕްރިލް/މެއި ގެ އިމްތިހާނުގެ ނަތީޖާއަށް ކަމުގައިއެމިނިސްޓްރީން ވިދާޅުވެއެވެ.