English Edition
Dhivehi Edition

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިޔާ ކައުންސިލްގެ މެމްބަރެއްގެ މުއްދަތު ހަމަވެފައިވާތީ އެމަގާމަށް މެމްބަރަކު އައްޔަނުކުރުމަށް މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މީޑިޔާ ކައުންސިލްގެ މީޑިޔާގެ މެމްބަރެއްގެ މުއްދަތު މާޗު މަހުގެ 1 ވަނަ ދުވަހު ހަމަވެފައިވާކަމަށެވެ.

އެހެންކަމުން އެމަގާމަށް މެމްބަރަކު އިންތިޚާބުކުރުމަށް ބޭނުންވާތީ އެކަމަށް އެދޭ މީޑިޔާތަކުން އޭޕްރީލް މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން ހޯމް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ އެކި މީޑިޔާތަކުން 8 މެމްބަރުންނާއި އާންމުންގެ ތެރެއިން 7 މެމްބަރުންނެވެ.