English Edition
Dhivehi Edition
މީޑިއާ ކައުންސިލުން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: ޓްވިޓާ (މީޑިއާ ކައުންސިލް)

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އިން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން “ސްޓޫޑަންޓް ޖަރނަލިޒަމް ޕުރޮގުރާމު”ގެ ނަމުގައި ތަމްރީނު ޕުރޮގުރާމެއް ފަށައިފިއެވެ. މިގޮތުން މި ޕުރޮގުރާމުގެ ފުރަތަމަ ސެޝަންތައް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްކަންދަރު ކޮށީގެ ޓްރެއިނިންގ ހޯލުގައި ކުރިއަށްގެންދިޔަ މި ޕުރޮގުރާމުގައި ސެޝަންތައް ނަންގަވައިދެއްވީ ރާއްޖޭގެ ނޫށްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާޜު ބޭފުޅުންނެވެ. އޭގެތެރޭގައި މުޙައްމަދު ހަމްދޫނާއި، މުޙައްމަދު ނާސިހްގެ އިތުރުން ޢަލީ ނިޝާން ހިމެނޭ ކަމުގައިވެސް އެ ކައުންސިލުން ހާމަކުރެއެވެ.

މީޑިއާ ކައުންސިލުން ބުނީ މި ޕުރޮގުރާމުގެ ބޭނުމަކީ ދަރިވަރުންގެ މެދުގައި ނޫސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމާއި، މި ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ކުދިންނަށް މި ދާއިރާއިން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، މި ޕުރޮގުރާމުގެ ބައިވެރިން ރާއްޖޭގެ ބޮޑެތި ނިއުސްރޫމްތަކާއި ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތަކަށް ގޮސް، އެތަންތަނުގައި މަސައްކަތް ކުރާ ގޮތް ބަލައި ތަޖުރިބާކޮށްލުމުގު ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމުގައިވެސް އެ ކައުންސިލުން ބުނެފައިވެއެވެ.