English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ 2022 ވަނަ އަހަރު ދޭން ހަމަޖެހިފައިވާ “ނޫސްވެރިކަމުގެ އެވޯޑް 2021” ހަފްލާއަށް، ނޫސްވެރިކަމުގެ އެވޯރޑް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާން ކޮށްފިއެވެ.

އެމްއެމްސީ އިން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތަށް މީގެ ކުރިން ކުރި އިއުލާނާއި ގުޅިގެން ކައުންސިލަށް ލިބިފައިވާ ބިޑްތައް އިވެލުއޭޓް ކުރުމުން، ހުށަހަޅާފައި ހުރި އަގުތަކަކީ އެކަށީގެންވާ އަގަށްވުރެ ބޮޑު އަގެއްކަމަށް ފާހަގަ ކުރެވުމުން އަލުން އިޢުލާން ކުރާ ކަމަށެވެ. އަދ މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މިކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުތަކަކީ:

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ކުންފުނީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

“ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 ސެޕްޓެންބަރ 2022 ވާ ހޯމަ ދުވަހު ހެދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، މި އިއުލާނާ އެކު އެޓޭޗް ކުރެވިފައިވާ މައުލޫމާތު ޝީޓްގައިވާ މައުލޫމާތާ އެއްގޮތަށް 29 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މިބީލަމާ ގުޅޭ މައުލޫމާތު ޝީޓް މިއިއުލާނާ އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3003995 ނަންބަރު ފޯނަށެވެ” ކައުންސިލްގެ އިއުލާނުގައި ވެއެވެ.

މި އަހަރުގެ މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އެވޯޑަށް 12 ދާއިރާ އަކަށް 82 ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.

އެ ކައުންސިލުން ބުނި ގޮތުގައި، ނޫސްވެރިންނަށް އެވޯޑު ދެނީ އެ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ދާއިރާ އިން ކުރިއަށް ދިއުމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.