English Edition
Dhivehi Edition

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ލޯގޯ ރީޑިޒައިންކުރުމާއި ރީބްރޭންޑިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 22 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން އެ ކައުންސިލުގެ އީމެއިލް [email protected] މެދުވެރިކޮށް ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ރެޖިސްޓަރ ކުރެއްވުންތޯ ކަށަވަރުކުރުމަކީ އެފަރާތެއްގެ ޒިންމާއެއް ކަމަށާއި، ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް މި ބިޑްގައި ބައިވެރި ނުވެވޭ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ރަޖިސްޓަރ ކުރަން ފޮނުވާ މެއިލްގައި ކޮންމެހެން ހިމަނަންޖެހޭ މަޢުލޫމާތުގެ ތެރޭގައި އިޢުލާން ނަންބަރާއި، ކުންފުނީގެ ނަމާއި، ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް އަދި މެއިލް ފޮނުވާ ފަރާތުގެ ނަން ހިމެނެއެވެ.

މި މަސައްކަތުގެ އަންދާސީހިސާބު ބަލައިގަތުން ހަމަޖެހިފައިވަނީ 28 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މޯލްޑިވްސް މީޑިއާ ކައުންސިލް، ގ. ބިއްލޫރިޖެހިގެ ދެވަނަ ފަންގިފިލާގައެވެ.