އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އަމިއްލަ ގަލަމެއް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނީ ވޯޓުލާން ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ކޮމިޝަނުން ބާރުއަޅާ ކަމަށެވެ. އެގޮތުން، ވޯޓުކަރުދާހުގައި ފާހަގަ ޖެހުމަށް ބޭނުން ކުރަންވާނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމެއް ކަމަށް އީސީގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން ކޮވިޑްގެ މިދަނޑިވަޅުގައި އިންތިހާބު ބޭއްވުމަށް ހާއްސަ ގައިޑްލައިނެއް އެކުލަވާލައިފައިވާ ކަމަށް އިލެކްޝަނުގެ ބަޔާނުގައިވެއެވެ.
ކައުންސިލް އިންތިހާބު މިދިޔަ އަހަރު އޭޕްރިލް މަހު ބާއްވަން ހަމަޖެހިގެން ދިޔަނަމަވެސް އިންތިޙާބު ފަސްކުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.