English Edition
Dhivehi Edition
އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މީދޫގައި ބޭއްވި ހިނގާލުމެއް ފޮޓޯ: ލުބްނާ

މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި މައްސަލާގައި, މިހާތަނަށް ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެއްކެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ

ފުލުހުން ވިދާޅުވީ މި މާޗު މަހުގެ ތިން ވަނަ ދުވަހު، އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި މި މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށެވެ.

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާއިރު އެ ކުއްޖާގެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި އެ އަންހެންކުއްޖާ ރޭޕްކޮށްފައި ވަނީ ޓީޗަރަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންދިއުމަށް ފަހުގައެވެ. މި ކަމުގައި އެ ޓީޗަރާއި އެކު އިތުރު ތިން މީހުން ބައިވެރިވެފައިވާއިރު އެ މީހުން ތިބީ މާސްކު އަޅައި މޫނު ފޮރުވައިގެންކަމުން، އެއީ ކޮން ބައެއްކަން ކުއްޖާއަށް ނޭނގޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި ހާދިސާ ހިނގައި ދިޔަގޮތް އެކުއްޖާ ޖެންޑާ މިނިސްޓްރީ އަށްވެސް ކިޔައިދީފައިވާއިރު މިހާރު އެ ކުއްޖާ ވަނީ މާލެއަށް ގެނެސްފަ އެވެ. މި މައްސަލަ އާއި ގުޅިގެން، މި އަމަލު ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނާއި މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އެ ކުއްޖާ ނިސްބަތްވާ ރަށުގެ މީހުންވަނީ މި ކަމާއި ގުޅިގެން އެ ރަށު ޕޮލިސް ސްޓޭޝަން ކައިރީ އިޙްތިޖާޖްކޮށްފައެވެ.

 

 

1 ކޮމެންޓް
Hhh
މާޗް 26, 2021
Emmenge machchah kuranvee. Policemeehaavaguthu kandaalan vee