English Edition
Dhivehi Edition

ލާ މަރުކަޒީ ރާއްޖެ ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތްތަށް ތިނަދޫގައި މެކުހަށް ޖަހައި ފަށައިފިއެވެ. އިލެކްޝަން ކޮމިޝަން އިން އިންތިޚާބް ބާއްވާނެ ތާރީޚް ކަނޑައެޅުމާއި އެކު ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއް ސިޔާސީ ޕާޓީ ކަމަށްވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ރަމްޒު ކޮށްދޭ ކެންޑިޑޭޓުން މިވަނީ ޖޯޝުގައި އެޕާޓީގެ ރަށްވެހި ފަތިސް ކެމްޕޭން ހަރަކާތްތައް ގދ. ތިނަދޫގައި ވެސް ފަށާފައެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ.ތިނަދޫ ރަށްވެހި ފަތިސް ކެމްޕެއިން މެނޭޖަރ މުޙައްމަދު ޝަރީފް ވިދާޅުވީ މުޅި ދުނިޔެއަށް ޖެހިފައިވާ ކޮވިޑްގެ ޙާލަތުގެ ސަބަބުން އިންތިޚާބް ފަސްވެގެން ގޮސްފައި އޮތުމަށްފަހު ކެމްޕެއިން ހަރަކާތްތައް އަމަލީ ގޮތުން ގދ.ތިނަދޫގައި ފެށިގެން ކުރިއަށް ގެންދަން މިފެށުނީ ޕޭންޑެމިކް ތެރޭގައިވެސް ވަރަށް ގިނަ ވަރޗުއަލް މަސައްކަތްތަކެއް ސަރުކާރުގެ އިސްވެރިންނާއެކު ކުރެވިގެންކަމަށެވެ. އެމް ޑީ ޕީ ކެމްޕެއިން ހަރަކާތް ތަކަކީ އަބަދުވެސް ޖޯޝާއި ފޯރީގައި އެންމެންގެ މަޝްވަރާ އާއި ޚިޔާލާއި އެކު ކުރިއަށް ގެންދާ ހަރަކާތް ތަކެއްކަން ޝަރީ ފާހަގަ ކުރިއެވެ. މިގޮތުން ކެންޑިޑޭޓުންގެ ޕޯސްޓަރު ހަރުކުރުމާއި، ކަންމަތީ ޖަލްސާތައް ބޭއްވުމާއި ، ކެންޑިޑޭޓުން ދޮރުން ދޮރަށް ހިނގުމާއި ސައިކަލް ބުުރު ޖެހުމާއި،މީގެ އިތުރުން ތިނަދޫ އެމް ޑީ ޕީ ހަރުގޭގެ ހަރަކާތްތަކުގެ ފޯރި ގަދަ ކޮށް ޕާޓީ މެމްބަރުންނަށް ހަވީރު ސައި ހަރަކާތްތަކާއި ބޮނޑިބަތް ހަރަކާތްތައް ކުރިއަށް ދާ ކަމަށް ފާހަގަ ކުރެއްވިއެވެ.

ކެމްޕެއިން މެނޭޖަރ ޝަރީ މަޢުލޫމާތު ދެއްވި ގޮތުގައި ރަށްވެހި ފަތިސް ކެމްޕެއިންގެ ކޮންމެ ހަރަކާތަކީ ރައްޔިތުންނާއި ކައިރިން ރައްޔިތުންގެ އަޑު އަހައިން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކެއް ކަމަށެވެ. ރަށްވެހި ފަތިސް ސްލޯ ގަން އަކީ ރައްޔިތުންގެ އަޑުއަހައިގެން ކައިރިން ވާހަކަ ދެކެވި ލާމަރުކަޒީ ޤާނޫންގެ ދަށުން ރައްޔިތުން ބާރުވެރި ކުރުމަށް ބޭނުންކުރެވިގެންދާ ސްލޯގަން އެެއް ކަމަށެވެ. ރަށްވެހި ފަތިސް ކެމްޕެއިން ކޮންމެ ހަރަކާތަކުން ވެސް އެމް ޑީ ޕީ ކެންޑިޑޭޓުންނަށް ވޯޓުލާން ވީ ސަބަބުތައް އެނގިގެންދާނެ ކަމަށެވެ. އެމް ޑީ ޕީ ރަށްވެހިފަތިސް ކެމްޕެއިން ހަރަކާތްތަކުގެ އެންމެ ބޮޑުު އަމާޒަކީ ކޮންމެ ރައްޔިތަކާއި ހިސާބަށްވެސް ކެންޑިޑޭޓުންގެ އަޑު އިވި، ގިނަ ބަޔަކު އެމީހަކަށް ލިބިފައިވާ ވޯޓް ލުމުގެ ހައްޤު ބޭނުންކުރުމަށް އަހުލުވެރި ކުރުން ކަމުގައިވެއެވެ.

ގދ.ތިނަދޫގައި އެމް.ޑީ.ޕީ ރަށްވެހި ފަތިސް ކެމްޕެއިން ފޯރީގައި ކުރިއަށްދާ އިރު އަންހެނުންގެ ކޮމިޓީއަށް މަސައްކަތް ކުރާ ކެންޑިޓޭޓުންނާއި އެކު ޖުމްލަ 13 ކެންޑިޑޭޓުން ހިމެނެއެވެ. އެއީ

 

ގދ.އަތޮޅު ރައީސް – މުޙައްމަދު ހަސަން

ރަށު ކައުންސިލް ރައީސް – ސަޢުދު އަލީ

 

ރަށު ކައުންސިލް މެމްބަރުން

އަޚުމީމާ އަޙުމަދު

ޙަފްޞާ ޔޫސުފް

އާމިނަތު ނަސީމާ

މުޙައްމަދު ޝަރީފް އަލީ

ނަޞްރު الله އަލީ

ސިޔާމް މުޙައްމަދު

 

އަންހެނުންގެ ކޮމެޓީއަށް މަސައްކަތް ކުރާ މެމްބަރުން

ޒޫނާ އަޙްމަދު

އާމިނަތު ނަދީމާ

އާދިލާ މުޙައްމަދު ރަޝީދު

ޖީޒާ ޙަސަން

ފާތިމަތު ނަޞީރު

އިތުރަށް ޝަރީ ވިދާޅުވި ގޮތުގައި ގދ. ތިނަދޫ އަކީ މަލްޓިޕާޓީ ޑިމޮކްރަސީގައި ވެސް އެމް.ޑީ.ޕީ ލީޑް ކުރި ރަށެއް ކަމަށާއި މި ކައުންސިލް އިންތިހާބަކީ ވެސް ނަމޫނާ އިންތިޙާބަކަށްވެ ކުރިމަތި ލައްވާފަތިބި ކައުންސެލަރުންނަކީ ނަމޫނާ ބަޔަކަށް ވާނެކަމެވެ. ރައްވެހިފަތިސް ކެމްޕެއިން ހަރަކާތްތައް ދުވަހެއް ދުވަހަށް ފޯރި ގަދަ ވާނެ ކަމަށާއި ކެމްޕެއިން ކުރުމުގެ ސުންގަޑިއަށް ކެމްޕެއިން ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.
ކައުންސިލް އިންތިޚާބް ތަކުގެ ސުންގަޑި އަކީ އޭޕްރިލް 9 ވަނަ ދުވަހު އިރުއޮއްސި 6:00 އެވެ.