English Edition
Dhivehi Edition
އެސްޓީއޯ ހެޑް އޮފީސް - ފޮޓޯ: މުޙައްމަދު ޝަރުހާން

ކޮވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކުރި ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އާދީއްތަ ދުވަހު އާއްމުކުރި މި އޮޑިޓް ރިޕޯޓަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެދިގެން ކުރި އޮޑިޓެކެވެ. ކޮވިޑާއި ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ކުރި ހަރަދުތަކުގެ ޖުމްލަ އަދަދު 490 މިލިއަން ރުފިޔާ އަށް އަރަފާއިވާއިރު އޮޑިޓް ރިޕޯޓްގައި ވަނީ މެޑިކަލް ފެސިލިޓީތަކަށާ، ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރު ކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް އަމަލުކޮށްފައިވާކަން ފާހަގަކޮށްފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވާލެވުނު ނެޝަނަލް ހެލްތު ރިކުއަރމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، ގޭބީސީ ތަކަށް ކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތްކޮށްފައިވަނީ އެސްޓިއޯ އިންނެވެ.

 

ޓެގު