އިނގިރޭސި ޕްރިމިއާ ލީގުގައި ރެ ޓޮޓެންހަމާއި ސްވަންސީ ސިޓީ ބައްދަލު ކުރި މެޗާއި ލިވަޕޫލް އާއި ބާންލީ ބައްދަލު ކުރި މެޗުވެސް އެއްވަރުވެއްޖެވެ.
ޕްރިމިއަ ލީގުގައި ރޭގެ ޓޮޓެންހަމާއި ސްވަންސީ ސިޓީ ކުޅުނު މެޗު އެއްވަރުވެފައިވަނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ރޭގެ މެޗުގައި ޓޮޓެންހަމްގެ ފަރާތުން މުޅިމެޗު ކޮންޓްރޯލް ކޮށް ގިނަ ހަމަލާތަށް ބާންލީގެ ގޯލައަށް ފޮނުވާލިނަމަވެސް ބާންލީގެ ކީޕަރު ވަނީ ހުރިހާ ހަމަލާތަކެއް ހުށިއާރު ކަމާއި އެކު މަތަކޮށްފައެވެ.
ރޭގެ މެޗު އެއްވަރުވެ ލިބުނު ޕޮއިންޓުން ޓޮޓެންހަމް ތާވަލުގެ 5 ވަނާގައި އޮތް އިތުރު ސްވަންސީ އޮތީ ތާވަލުގެ 14 ވަނާގައެވެ.
ފިލިޕް ކޮޓީނިއޯ މިސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ބާންލޭއާ ދެކޮޅަށް ލިވަޕޫލް މޮޅަށް ކުޅުނު ނަމަވެސް ރަށުން ބޭރުގައި ބާންލީއަތުން ޕޮއިންޓްއަކުން ފުއްދާލަން ޖެހުނު މިމެޗުގައި ލިވަޕޫލްގެ ލަނޑު ބާންލީއިން ލަނޑެއް ކާމިޔާބުކޮށްފައިވަނިކޮށް ލިވަޕޫލްއަށް އެއްވަރު ކޮށްދިނީ ސަލާހްއެވެ.
މި ނަތީޖާ އާއި އެކު އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ވެސް އެއްވަރުވި ލިވަޕޫލް އޮތީ ލީގު ތާވަލްގެ 8 ވަނާގައެވެ. ބާންލޭ އޮތީ އަށް ޕޮއިންޓާއެކު ހަތް ވަނާގައެވެ.