އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޭން ރޫނީ ކާމިޔާބު ކުރި 200 ވަނަ ލީގު ގޯލާއެކު އެވަޓަން އިން މެންޗެސްޓަރ ސިޓީ އަތުން ޕޮއިންޓެއް ހޯދައިފިއެވެ.
ރޭ މެންޗެސްޓަ ސިޓީގެ ދަނޑުގައި ކުޅުނު މެޗުން އެވަޓަންއިން ޕޮއިންޓެއް ހޯދާފައިވަނީ މެންޗެސްޓާ ސިޓީއާއި 1-1 އެއްވަރުކޮށް ގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑެއް ޖަހާ ކުރި ހޯދާފައިވަނީ އެވަޓަން އިންނެވެ. މި ލަނޑު މެޗުގެ 35ވަނަ މިނެޓްގައި އެވަޓަންއަށް ކާމިޔާބުކޮށްދިނީ މި ޓްރާންސްފާގައި އެވަޓަން އާއި ގުޅުނު މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ވޭން ރޫނީ އެވެ.ރޭ ރޫނީ ކާމިޔާބު ކުރި ލަނޑާއި އެކު ރޫނީ ވެފައިވަނީ ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް އެލަން ޝިއަރާ އަށް ފަހު ޕްރިމިއާ ލީގުގައި 200 ލަނޑު ހަމަކުރި ހަމަ އެކަނި ކުޅުންތެރިއާ އަށެވެ.
ރޭގެ މެޗުގައި އެވަޓަންއިން ލަނޑު ޖެހިތާ 2 މިނެޓު ތެރޭގައި މި ސީޒަންގައި ޓޮޓެންޙަމް އިން މެންޗެސްޓާ ސިޓީ އާއި ގުޅުނު ކައިލް ވޯކާއަށް ވަނީ ދެ ރީދޫ ކާޑުހަމަ ވުމުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
10 ކުޅުން ތެރިންނާއި އެކު ކުޅުނު މެންޗެސްޓަރ ސިޓީން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ބަދަލުކުޅުން ތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައިވާ އިނގިރޭސި ފޯވަޑް ރަހީމް ސްޓާލިންގެ ލަނޑުންނެވެ.
މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ސިޓީގެ އަގުއޭރޯއަށް ކުރި ފައުލް އަކާއި ގުޅިގެން އެވަޓަންގެ މޯގަން ޝްނެއިޑާލިންއަށް ވެސް ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކައިފައެވެ.