English Edition
Dhivehi Edition
އަސްދާނު ދޯނި / ފޮޓޯ: އަހުމަދު ރަސްނާނު

ތ.އަތޮޅު ގައި މަސްވެރިކަމަށް ނަން މަޝްހޫރު “އަސްދާން” ދޯނީގެ 18 ފަޅުވެރިއަކު ކަރަންޓީން ވެއްޖެއެވެ. އެދޯނީގެ މަސްވެރިން ކަރަންޓީން ވާން ޖެހުނީ މޮނިޓަރިންގެ ޙާލަތުގައި މިވަގުތު އޮތް ކުޑަހުވަދޫއަށް ދޯނި ލަފާފައިވާތީއެވެ.

މިމަހުގެ ކުރީކޮޅު އައިސް އަޅަން އެރަށަށް ދިޔަކަމަށާއި އޭގެ ފަހުން ތ.ވަންދޫއަށް ދިއުމުން ކަރަންޓީން ވާން އެންގި ކަމަށް ދޯނީގެ ކެޔޮޅު އިބްރާހިމް ނާފިޒުއާއި ޙަވާލާދީ މަސްވެރިން އެމްވީ ގައި ބުނެފައިވެއެވެ.

ނާފިޒު ވިދާޅުވީ ބަލީގެ އެއްވެސް ޢަލާމާތެއް އެމީހުންގެ ކިބައިން ފެންނަން ނެތްކަމަށާއި ކުޑަހުވަދޫ ދަތުރުގައިވެސް އެރަށުގެ އެއްވެސް މީހަކާއި އެމީހުން ބައްދަލު ވެފައިވެސް ނުވާ ކަމަށެވެ.

ކޮވިޑްގެ ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން 26 ފެބްރުއަރީ 2021 ގެ ފަހުން އެރަށަށް ގޮސްފައިވާ އެންމެން އެކަން އެންގުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި އެފަދަ މީހުންއެނބުރި ރަށަށް އާދެވުމުން 14 ދުވަހަށް ކަރަންޓީން ވުމަށްވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.

“އަސްދާނު” މަސްދޯނީގައި ކަރަންޓީނު ނުވެ މިވަގުތު ތިބީ އެންމެ 5 މީހުން ކަމަށް ވުމުން ގަވާއިދުން މަހަށް ނިކުންނަ އެދޯނި މަހަށް ފުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވެއެވެ