English Edition
Dhivehi Edition

ބިގްބޮސް14 އިން ޓޮޕް ތިން ފައިނަލިސްޓުންގެ ތެރޭ ހިމެނުނު ފިލްމީތަރި ނިކީ ޓަމްބޯލީ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ނިކީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކޮށްފައިވަނީ މިއަދު އޭނާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓަކުންނެވެ.

އެ ޕޯސްޓުގައި ބުނެފައިވާގޮތުން އޭނާގެ ގައިން ކޮވިޑްގެ އަލާމާތްތައް ފެންނާތީ މިއަދު ހެނދުނު ހެދި ޓެސްޓުން ވަނީ ޕޮޒިޓިވް ވެފައެވެ. އެނާ އިތުރަށް ބުނެފައިވާގޮތުގައި މިވަގުތު އަމިއްލައަށް ކަރަންޓީންވެ ޑޮކްޓަރުންގެ އިރުޝާދާއެކީ އަންނަނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ. ނިކީ އެދިފައިވަނީ ފާއިތުވެ ދިޔަ ދުވަސްތަކުގައި އޭނާއާއި އެކު އުޅުނު އެންމެން ވެސް މިބައްޔަށް އަވަހަށް ޓެސްޓުކުރުމަށެވެ. އަދި މިކަމަށް އެންމެން އެއްބާރުރުލުން ދޭނެކަމަށް އޭނާ އުންމީދު ކުރާކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. ނިންމާލަމުން ނިކީ ބުނެފައިވަނީ އެންމެންވެސް މާސްކް އެޅުމަށާއި އަތް ސެނިޓައިޒް ކުރުމާއި ސޯޝަލް ޑިސްޓެންސް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އޭނާ އެދޭކަމަށެވެ.

ނިކީ ކޮވިޑަށް ޕޮޒިޓިވް ވީއިރު އެނާއައީ ވީޑިއޯ ލަވައެއްގެ ޝޫޓިންގ ގައި ބައިވެރިވަމުންނެވެ. ނިކީ ބިގްބޮސް އިން ބޭރު ވުމަށްފައު ފިލްމީދާއިރާއިން އެތައް ހުށަހެޅުމެއް އައިސްފައިވެއެވެ.

ބިގްބޮސްތެރޭގައި ނިކީ ފާހަގަވެފައިވަނީ އުމުރުން އެންމެ ހަގު ކޮންޓެސްޓުގެ ގޮތުގައި ނަމަވެސް އޭނާވެފައިވަނީ ބިގްބޮސްގެ އެންމެނާވެސް ހަރުކަށިކޮށް މުޚާތަބު ކުރަމުން ދިޔަމީހެއްގެއްގެ ގޮތުގައެވެ. ނިކީގެ މިއަމަލު ހުއްޓުވުމަށް ސަލްމާން ހާން ވެސްވަނީ އެތައްފަހަރަކު އޭނާއަށް ނަސޭހަތް ތެރިވެފައެވެ. ނިކީގެ މިއަމަލު ބައެއްމީހުނަށް ކަމުނުދިޔަޔަސް އޭނަގެ ފޭނުންދިޔައީ ހުއްޓުމެއްނެތި އޭނާއަށް ބިގްބޮސްގެ ޓްރޮޕީ ލިބޭތޯ މަސައްކަތް ކުރަމުންނެވެ. ނިކީ އަކީ ބިގްބޮސް14އިގެ ފައިނަލަށް ދިޔަ އެންމެ ފުރަތަމަ ކޮންޓެސްޓެވެ.

އުމުރުން 24އަހަރުގެ ނިކީ ޓަމްބޯލީއަކީ އެކްޓްރެސް އެއްގެ އިތުރުން މޮޑެލްއެކެވެ.