އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު 1 ލަނޑު 0 ލަނޑުން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
އުރީދޫ ޕްރިމިއަ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އޮތް މާޒިޔާގެ މައްޗަށް ޓީސީއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ ލީޑު ހޯދައިފައެވެ. މި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޓީސީއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަންއެވެ. އިބްރާޙިމް ވަހީދުގެ ގޯލައަށް ފަހު މާޒިޔާއިން ވަނީ ފުރަތަމަ ހާފުގައި ކުރިއަށްޖެހި ޓީސީގެ ގޯލަށް ނުރައްކާ ކޮށް މެޗުގެ ނަތީޖާ ބަދަލުކުރަން ވަރަށް މަސައްކަތް ކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ޓީސީ އަދި މާޒިޔާއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ދެވަނަ ހާފުގައި މާޒިޔާގެ އުމައިރުއަށް ދެ ފުރުސަތެއް ލިބިގެންދިޔައިރު، ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)އަށް ވަނީ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
އުރީދޫ ޕްރިމިއަ ލީގުގައި މާޒިޔާ އާއި ޓީސީ ކުޅުނު މެޗުގެ ނަތީޖާއާއެކު ގްރޫޕްގެ އެއްވަނައި ގައި މާޒިޔާ އޮތް އިރު ޓިސީއިން ވަނީ ހަ މެޗުން ލިބުނު 13 ޕޮއިންޓް އާއި އެކު ތާވަލްގެ ދެވަނަ މަގާމަށް ޖެހިލާފައެވެ.