އާ ސީޒަނަށް ތައްޔާރުވުމަށް ދިވެހި ފުޓްބޯޅާއިގެ ގަދަ ބާރު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުލަބްއިން އދ. މަހިބަދޫގައި ކޭމްޕް ކޮށްފި އެވެ.
ކުރީގެ އެޓީމުގެ ކޯޗު މަރުޖާން ސެކުލޮވްސްކީއާއި އެކު އަންނަ ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވަމުންދާ މާޒިޔާ އާ ސީޒަނާއި ކުރިމަތިލަނީ ވަރުގަދަ ސްކޮޑާއެކުގައެވެ.
އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މާޒިޔާއިން ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ މިޑްފީލްޑަރުން ކަމަށްވާ އިބްރާހީމް ވަހީދު (އިއްބެ)، ހުސައިން ނިހާން (ނިހާޓް އަދި ގައުމީ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު)އާއި މިދިޔަ ދެ ސީޒަންގައި ވެސް ޓީސީގައި މޮޅު ކުޅުމެއް ދެއްކި އިބްރާހީމް މަހުދީ (ހަބޭސް އިއްބެ) ގެ އިތުރުން ގައުމީ ޓީމުގެ އަހުމަދު އަބްދުﷲ (ލިލީ)އެވެ.
ޒަމާނީ ފެންވަރަށް ޓާފް އަޅައިގެން ހަދާފައި މަހީބަދޫ ފުޓްބޯޅަ ދަނޑުގައި މާޒިޔާގެ ޕްރެކްޓިކްސްތަށް މިހާރު ފަށާފައިވާއިރު މާޒިޔާއިން ވަނީ މީގެ ކުރިން ޕްރީސީޒަނަށް ތައްޔާރުވުމުގެ ގޮތު ހއ.ދިއްދޫގައިވެސް ޓްރެއިނިން ޕްރޮގްރާމްތަކެއް ބާއްވާފައެވެ.
މާޒިޔާގެ ކޯޗަކަށް މިހާރުގެނައި 2017 ވަނަ އަހަރު އެ ޓީމަށް އިރުޝާދުދިން މެސެޑޯނިއާގެ މަރުޔާން ސެކުލޮސްކީ ހަމަޖެއްސުމަށް ފަހު މިދިޔަ ހޮނިހިރު ދުވަހު ވަނީ ފަރިތަކުރުންތައް ފަށައިފައިވާއިރު މަހިބަދޫގައި އެ ޓީމް ކުރިއަށް ގެންދާ ޕްރި ސީޒަން ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ.
މާޒިޔާ އިން މިއަދު ޓްރެއިނިން ކޭމްޕަށް ދިޔައީ 19 ކުޅުންތެރިންނާ އެކު އެވެ. އޭގެ ތެރޭގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމާ ގުޅުނު ކުޅުންތެރިން ހިމެނެ އެވެ. ކުރިއަށް އޮތް ސީޒަނަށް މާޒިޔާ އިން ވަނީ ބިދޭސީ ދެ ކުޅުންތެރިން ގެންނަން ނިންމައިފަ އެވެ. ބިދޭސީ ކުޅުންތެރިން އަންނަ މަހު ޓީމާ ގުޅޭނެ ކަމަށް މާޒިޔާ އިން ބުނެ އެވެ.