English Edition
Dhivehi Edition

މާލޭ ސިޓީގެ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވަނީ،
މާޗު 4 ވީ ބުރާސްފަތި ދުވަހު އަންގައިފައިވާ އެންގުމުގައި 7 ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމައިފައިވާ ފިޔަވަޅުތަކުގެ
މުއްދަތު މިއަދުން ފެށިގެން 07 ދުވަހުގެ މުއްދަތައް އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ދުއްވާ އުޅަނދުފަހަރު އިރުއޮއްސި 06:00 އިން ފެށިގެން ފަތިހު 04:30 އަށް ދުއްވުން މަނާކުރުމުގެ އިތުރުން ދުވުމަށް ޚާއްސަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުމާއި، ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި، އެކަނި ކުރާ ކަސްރަތުތައް ފިޔަވައި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމާއި، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމާއި، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން ހިމެނެއެވެ.

އަދިހަމައެއާއެކު މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ތިލަފުށްޓާއި، ގުޅީފަޅުގައި ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 4:30 އަށް މަގުމައްޗާއި، ޢާންމު ތަންތަނަށް ނިކުމެ އުޅުން އިތުރު 07 ދުވަހަށް މަނާވާނެއެވެ.

މީގެއިތުރުން އެއްފަހަރާ 5 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި ޢާންމު ތަންތަނަށް އެއްވެ ނޫޅުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.