އައްޑޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުން ދަނީ ސ. ހިތަދޫ ސަންރީފް ފާތިމަތު އަސްމާ އަށެވެ. އެކްސިޑެންޓުވެފައިވަނީ މިއަދު ހެނދުނު އަސްމާ އޭނާގެ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށް ފަހު އެނބުރި މަރަދޫފޭދޫ އަށް ދިޔަ މަގުމަތީގައެވެ.
އައްޑޫ އިކުއަޓޯރިއަލް ގައި ވެންޓިލޭޓަރުގައި އަސްމާ އަށް ފަރުވާ ދެމުން އަންނައިރު އާއިލާއިން ވަނީ އަސްމާއަށް ބީ ޕޮޒިޓިވް ލޭ ވަރަށް އަވަހަށް ބޭނުންވާ ކަމަށް ބުނެ ލޭ ހޯދުމުގެ މަސައްކަތް ފަށާފައެވެ.