English Edition
Dhivehi Edition

އައްޑޫ ލިންކް ރޯޑާއި އެހެނިހެން މުހިއްމު މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ރައީސުލް ޖުމްހުރީއްޔާ ޑރ. މުހަންމަދު މުއީޒް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދިއުން އަވަސްކުރުމަށް ޑީޓެއިލްޑް ސާވޭ އަދި އިންޖިނިއަރިންގ ޑިޒައިން ކުރާނެ ފަރާތެއް ހޯދައި ޓެކްނިކަލް މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން މި މަހުގެ ތެރޭގައި އިޢުލާން ކުރާނެ ކަމަށެވެ .

މީގެ އިތުރުން އައްޑޫ އަށް ދިމާވެފައިވާ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލު ކުރުމަށް މި ސަރުކާރުން ފެށި 282 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ނިމި އޭގެ ފަސޭހަކަން މިއަހަރު ތެރޭގައި އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދިން ލޯނެއްގެ ދަށުން އައްޑޫ ސިޓީގައި ތަރައްގީކުރި ހަންކެޑެ ބްރިޖް ހެދުމުގެ މަސައްކަތުގެ ތެރެއިން އައްޑޫ ލިންކުރޯޑު އޮތީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައެވެ. އައްޑޫގެ ގުޅިފައިވާ ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވެން އޮތް ހަމަ އެކަނި މި މަގު ހަލާކުވެ ވީރާނާވެފައިވާތީ ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.