English Edition
Dhivehi Edition

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް އަތޮޅު އަދި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯގެ މެންބަރުން ހޯދުމަށް އިއުލާންކޮށްފިއެވެ.

މިއަދު އިލެކްޝަނުން ކޮށްފައިވާ އިއުލާނުގައި ބުނީ ކޮންމެ އަތޮޅެއްގެ އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯއަށް 3 މެންބަރުން، އައްޑޫ، ފުވައްމުލައް، އަދި ކުޅުދުއްފުށި ސިޓީގެ ކޮމްޕްލެއިންޓްސް ބިއުރޯ އަށް ތިން މެންބަރުން ހޯދަން ބޭނުންވާކަމަށެވެ.

މި މަގާމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި

  1. ޢުމުރުން 18 އަހަރު ފުރިފައިވުން.
  2. އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން ޢައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން ނުވަތަ ސިޔާސީ ޙަރަކާތްތަކުގައި އިސްރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  3. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ކެމްޕެއިންކުރުމުގައި ހަރަކާތްތެރިވާ މީހަކަށް ނުވުން.
  4. އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެންބަރަކު ކަމުގައި ނުވުން. (ޢާއިލީ މެންބަރެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް).
  5. ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުން.

މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 22 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަންގެ ކައުންޓަރުން އަދި އިލެކްޝަންސް ކޮމިޝަންގެ އީމެއިލް ([email protected]) އިން ފޯމު ބަލައިގަންނާނެއެވެ. އަދި ރަށެއްގެ ނަމަ ރަށު ކައުންސިލް އިދާރާއަށް، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން ވެސް ފޯމު ބަލައިގަންނާނެއެވެ.

އިތުރު މައުލޫމާތު: https://www.gazette.gov.mv/iulaan/view/147240