English Edition
Dhivehi Edition

ހއ. މާރަންދޫ ކައުންސިލަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ.

މާރަންދޫ ކައުންސިލް އިންތިހާބު ބާއްވަނީ އެރަށު ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ރަމީޒު، ޖުލައި 13 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެންނެވެ.

މިއަދު ބާއްވާ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް އަބްދުލް ހަމީދު އަބްދުއް ސައްތާރު އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ޝިހާމް މުހައްމަދު ވާދަކުރާއިރު މި އިންތިހާބުގައި 736 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން ވެއެވެ. އެއީ 382 ފިރިހެނުންނާއި، 354 އަންހެނުންނެވެ.