English Edition
Dhivehi Edition
އަބްދުލް ހަސީބް އިސްމާއިލް

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުލް ހަސީބް އިސްމާއިލް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިވަގުތު އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރެއްގެ މަގާމު ފުރުއްވަމުން ގެންދަވާ ހަސީބުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ފުއާދު ތައުފީގުގެ ދައުރު އަންނަ ނޮވެމްބަރު 24 މަހު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު އެ މުއްދަތުގައި މަގާމަށް ހުށަހެޅުއްވި ބޭފުޅުންގެ ތެރެއިން އީސީއަށް އައްޔަން ކުރުމަށް ފެނިވަޑައިގަންނަވަނީ ހަސީބު ކަމަށް ރައީސް ޑރ.މުއިއްޒު މަޖިލީހަށް ފޮނުވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

އެއާއެކު ރިޔާސަތުން ވަނީ ހަސީބުގެ ނަން ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ފޮނުވައިފައެވެ.