English Edition
Dhivehi Edition

ގއ މާމެންދޫ ހުށިޔާރު ދޯނީގެ 55 އަހަރުގެ ދިވެހި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް ގއ ވިލިނގިއްޔަށް ގެނެސްފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއި އެކު އެމްއެންޑީ އެފް ސަދަން އޭރިއާގެ ސްކޮޑަރުންގެ އެހީތެރިކަމާއި އެކު އެމީހާވަނީ ގއ އަތޮޅު ހޮސްޕިޓަލަށް ގެނެސް ފައެވެ. އަތޮޅު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ އިތުރުފަރުވާ އަށް ގދ ތިނަދޫ ހޮސްޕިޓަލަށް ފޮނުވާލާފަ ކަމަށް ހޮސްޕިޓަލުގެ މެނޭޖަރ ޝަރީފު އަޙުމަދު ވިދާޅުވިއެވެ. މި ހާދިސާ ހިގާފައިވަނީ، އެކަފަރު ކަނޑާއި 9 ނޯޓިކަލްމޭލު ބޭރުން މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައިއެވެ

ދާދި ފަހުންވެސް ކަނޑުމަތީގައި މަސްވެރިއަކަށް ދިމާވި މިފަދަ ހިތާމަވެރި ހާދިސާ އެއްގައި އެމްއެންޑީއެފްގެ އެހީތެތިކަމާއިއެކު ވަނީ އަވަސްފަރުވާއަށް ގެންގޮސްފައެވެ.