English Edition
Dhivehi Edition

ދިވެހި ރެޑްކުރެސެންޓް ގއ.ބްރާންޗުން ގއ.އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ކޮވިޑަށް ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ހަދިޔާ ކޮށްދީފިއެވެ.

އޭއޯ ނިއުސް އަށް މަޢުލޫމާތު ދެމުން ގއ.ބުރާންޗްގެ ޗެއަރ ޕާރސަން ހަސަންދީދީ (މިޒުމާދު) ވިދާޅުވީ، ކޮވިޑް19 މި ދަނޑިވަޅުގައި އެހީ ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅު ހޮސްޕިޓަލްގެ ޕަބްލިކް ހެލްތު ޔުނިޓަށް ކޮވިޑަށް ރައްކާތރިވުމަށް ބޭނުންކުރާ ސާމާން ހަދިޔާ ކޮށްދީފައިވާ ކަމަށެވެ. އަދި މީގެ އިތުރުން, މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ކޮށްފައިވާތީ މި ބުރާންޗްގައި ހަރަކާތްތެރިވާ ހުރިހާ ދަރުމަވެރިންނަށް މާސްކް ހަދިޔާ ކޮށްފައިވާ ކަމަށް މިޒުމާދު ވިދާޅުވިއެވެ.

މި ގޮތުން ކޮންމެ ދަރުމަވެރި އަކަށް މާސްކް ފޮށްޓެއް (50 މާސްކް) އަދި އަތޮޅު ހޮސްޕިޓަލަށް 400 ފޭސް ޝިއަލްޑް، 200 ކޭއެން95 މާސްކް ހަދިޔާ ކޮށްފައިވާ ކަމަށް މިޒުމާދު ވިދާޅުވިއެވެ.

ރެޑްކުރެސެންޓް ގއ.ބުރާންޗް އިން ވަނީ މީގެ ކުރިންވެސް ވިލިނގިލީގެ ބައެއް މުއައްސަސާތަކާއި އަތޮޅުގެ ރަށްތަކަށް ކޮވިޑަށް ރައްކާތެރިވުމަށް ބޭނުންކުރާ ސާމާން ހަދިޔާ ކޮށްދީފައެވެ. ރެޑްކުރެސެންޓް ގއ.ބުރާންޗްއަކީ ވަރަށް އެކްޓިވް ބުރާންޗެކެވެ. މިގޮތުން ކޮވިޑް19 އާއި ގުޅިގެން އުފެއްދި ޓާސްކް ފޯސް އާއި ގުޅިގެންވެސް ހާބަރ ޕެޓްރޯލްކުރުމާއި ކޮވިޑަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.