English Edition
Dhivehi Edition

އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލުމާއި ގުޅިގެން މާދަމާ ސަދަން ޓްރާންސްޕޯރޓް ލިންކުން ދެމުން ގެންދާ، ދަތުރުފަތުރުގެ ޚިދުމަތް އަލުން ފެށޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

6 ފެބްރުވަރީ 2021 ވަނަ ދުވަހު އައްޑޫ ސިޓީ މޮނިޓަރިންއަށް ލުމާއި ގުޅިގެން އެޗް.ޕީ.އޭ އިން ވަކިގޮތެއް އަންގަންދެން އެސް.ޓީ.އެލް އިން ދެމުން އަންނަ ފެރީ އަދި ބަސް ދަތުރުތައް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން ކުރިއަށް ދަތުރުކުރުމަށް ޓިކެޓް ނަގާފައިވާނަމަ ދަތުރުތައް އަލުން ފެށުމުން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް މީގެ ކުރިން އެސްޓީއެލް އިން ވަނީ ބުނެފައެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު މާދަމާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު އެސްޓީއެލް އިންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދަތުރުވެރިންނަށް އިލްތިމާޒްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއަށް ފޮނުވި މޮނިޓަރިންގ އުވާލިކަމުގެ ލިޔުމުގައިވާ ގޮތުން މިރޭ 09:16 އިން ފެށިގެން މޮނިޓަރިންގެ ޙާލަތާ ގުޅިގެން އަޅާފާއިވާ ފިޔަވާޅުތަކަށް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މޮނިޓަރިންގެ ޙާލަތު އުވާލީ މޮނިޓަރިންގެ ޙާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތުމުން ކަމަށްވެސް އެ ލިޔުމުގައި ވެއެވެ.