ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެއަކީ މެރިޓައިމް ދާއިރާއިން އެގައުމަކަށް އެންމެ ބޮޑު މަންފާ އާއި ނަފާ ހޯދޭނެ ގައުމުކަމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.
އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމް ހިދުމަތްތަކާއި ގުޅޭ ހާއްސަ ވެބްސައިޓެއް ލޯންޗުކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ރާއްޖެއަކީ މެރިޓައިމް ދާއިރާއިން އެގައުމަކަށް އެންމެ ބޮޑު މަންފާ އާއި ނަފާ ހޯދޭނެ ގައުމަށްވީ ނަމަވެސް ވޭތުވެ ދިޔަ އެއްވެސް ދައުރެއްގައި މި މަންފާ ދިވެހި ރައްޔިތުންނަށް ލިބިފައި ނެތް ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުން ހުރީ މި ދައުރުގައި މުޅި ރާއްޖެ ކަވާ ކުރެވޭ ގޮތަށް މެރިޓައިމްގެ ނަފާ ދިވެހިންނަށް ހޯދައިދިނުމަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި ވެބްސައިޓުން އުތުރުގައި ފޯރުކޮށްދޭ މެރިޓައިމްގެ ހިދުމަތްތަކުގެ މައުލޫމާތު ލިބިގެންދާނެއެވެ. އައި އެ ހިދުމަތްތައް ފޯރުކޮށްދޭ އެޖެންޓުންގެ މައުލޫމާތުވެސް ލިބިގެންދާނެއެވެ.