English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މިއަދުވެސް 9,700 އަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހައިފިއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރާ ގޮތުގައި މިއަދު 9،770 މީހަކަށް ވެކްސިން ދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ފުރަމާލެ ސަރަޙައްދުން ވެކްސިން ޖެހި 5،859 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 3،911 މީހެކެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ވެކްސިން ޖެހި މީހުންގެ އަދަދު ވަނީ 198،206 އަށް އަރައިފައެވެ. އެއީ ފުރަމާލެ ސަރަޙައްދުން 111،695 މީހުންނާއި އަތޮޅުތެރެއިން 86،511 މީހުންނެވެ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ.

ރާއްޖެއިން މިހާތަނަށް 21،476 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 18،967 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 136 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 64 މީހަކު ވަނީ ނިޔާވެފައެވެ.