ގއ. ނިލަންދޫގައި ގާއިމްކޮށްފައިވާ ވާރޭ ފެނުގެ ނިޒާމްގެ މަސައްކަތް ރަސްމީކޮށް ފެނަކަ ކޯޕްރޭޝަންލިމިޓެޑާއި ޙަވާލްކޮށްފިއެވެ.
މި މަސައްކަތް ފެނަކަ އާއި ޙަވާލު ކޮށްފައިވަނީ އެކަމަށް ޚާއްޞަ ކޮށްގެން ނިލަންދޫގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްީ އޮފް އެންވަރަމެންޓް އޮނަރަބްލް ޑރ ހުސެއިން ރަޝީދެވެ.
މިރަސްމިއްޔާތު ޝަަރަފްވެރި ކޮށްދެއްވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ނިލަންދޫ ކައުންސިލާއި ފެނަކަ ކޯޕްރޭޝަން ގުޅިގެން ފެނުގެ ނިމާޒް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްވަނީ އެދިލައްވާފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާނެ ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދާއި، ސުކޫލުގެ ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ވަނީ ސަރުކާރުން ކޮށްދެއްވަން ކަނޑައަޅާފައިވާ ކަންކަން ރަނުން ރަނަން ކޮށްދެއްވާނޭ ކަމުގެ ޔަގީންކަން އަރުވާފައެވެ.
މިރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓްރީގެ އިސްވެރިން އަދި ދާއިރާގެ މެންބަރު ނިލަންދޫއަށް ވަޑައިގެންނެވިއެވެ.