English Edition
Dhivehi Edition

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ށ. މިލަންދޫ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސް މުހައްމަދު ނާޞިރު، އެމްޑީޕީ ފަޅިއަށް އެރުމަށް ނިންމައިފިއެވެ.

މައުލޫމާތު ލިބފައިވާ ގޮތުގައި އޭނާ މިހާރު ވަނީ މިލަންދޫ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ، ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ރައީސް އަބްދުالله އަބުދުއްރަހީމް އަށް އެޑްރެސްކޮށް ސިޓީއަކުން އަންގާފައެވެ.

ނާސިރަކީ މިލަންދޫ ދާއިރާގައި ޕީޕީއެމްގެ ހަރަކާތްތައް ރާވާ ހިންގުމުގައި އިސްކޮށް އުޅުއްވި ފަރާތެކެވެ.

ސައުތު ލިންކުގެ ސޭޓް އަދި މަޝްހޫރު ވިޔަފާރިވެރިޔާ ނާޞިރު ވަނީ ޕީޕީއެމް ކޯލިޝަން ދޫކޮށް، ރައީސް ސާލިހަށް ތާއީދު ކުރަން ނިންމާފައިވާއިރު، އޭނާ އަކީ ޕީޕީއެމް އުފެދުނީއްސުރެ މިލަންދޫގައި ޕީޕީއެމް ކުރިއަރުވާ އެއް އެންމެ ވަރުގަދަ އެއް ސަޕޯޓަރެވެ.

ނާޞިރަކީ ޅ އަތޮޅުން ފެށިގެން އުތުރުގެ ރަށްތަކަށް ޓިނާއި އެލުމިނިއަމް ފޯރުކޮށްދޭ ނަން މަޝްހޫރު ވިޔަފާރިވެރިއެކެވެ.