English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ އިމަރޖެންސީ ޑްރިލެއްގެ ތެރެއިން - ފޮޓޯ: އަހުމަދު އަވްޝަން (މިހާރު)

ރާއްޖެއިން އިތުރު 115 މީހަކު ކޮވީޑް19 އަށް ޕޮޒިޓިވްވެ ބަލިޖެހުނު މީހުންގެ ޖުމްލަ 21،034ކަށް އަރައިފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ތަފާތް ހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވްވި 98 މީހުންނާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 5 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 12 މީހުންނެވެ.

މިއަދު 175 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 18428 އެވެ. މީގެ ތެރެއިިން 2535 މީހަކަށް މިހާރު ފަރުވާދެމުންދާއިރު، 165 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކޮވިޑް19ގައި ރާއްޖެއިން މިހާތަނަށް 64 މީހުން ވަނީ މަރުވެފަ އެވެ.