English Edition
Dhivehi Edition
ފުވައްމުލަކުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތުގައި " ފޮޓޯ ފުވައްމުލައް ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީގެ މޮނީޓަރިން ހާލަތު އުވާލައިފި އެވެ.

ފުވައްމުލައް ސިޓީ އިން ކޮވިޑް19 އަށް ބަޔަކު ޕޮޒިޓިވްވެ އެ ރަށް މޮނީޓަރިން އަށް ލާފައިވަނީ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުއެވެ.

ފުވައްމުލައް ސިޓީގެ މޮނީޓަރިން ހާލަތު އުވާލައިވާއިރު އެ ރަށު ސިޓީ ކައުންސިލުން ވަނީ މޮނީޓަރިންގެ ހާލަތު އުވާލި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އުޅުމަށް އިލްތިމާޒްކޮށްފައެވެ.

ފުވައްމުލަކުން ކޮވިޑް19ގެ ތިން ކްލާސްޓާއެއް ފެނިފައިވާއިރު އެ ސިޓީން ޖުމްލަ 54 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރެއިން 44 މީހަކު ބަލިން ރަގަޅުވެފައިވާއިރު، މިހާރު ފަރުވާދެމުން ދަނީ 10 މީހަކަށެވެ.