English Edition
Dhivehi Edition
ހުޅުމާލޭގައި ހުންނަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައި އޮފީސް - ފޮޓޯ: ހުސައިން ވަހީދު (މިހާރު)

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އަންހެން މުވައްޒަފުންނަށް ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއްގެ ގޮތުގައި ދިނުމަށް ކުންފުނީގެ މެނޭޖްމެންޓުން ނިންމައިފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަ ސެޝަންއެއް އޮންލައިންކޮށް ވަނީ ކުރިއަށް ގެންގޮސްފައެވެ.އިންސްޓިޓިއުޓް ފޯ ވެލްނެސް އެޑިއުކޭޝަން ބައި ވުމެން ސެންޓަރުގެ ގުޅިގެން ބޭއްވި މި ސެޝަންގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސުހެއިލް އަހުމަދު ވަނީ “ކަނބަލުންގެ ޗުއްޓީ” ގެ ނަމުގައި ހާއްސަ މެޑިކަލް ލީވްއެއް އެ ކުންފުނިގެ އަންހެނުންނަށް ދޭން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

އެޗްޑީސީގައި މިވަގުތު 166 އަންހެން މުވައްޒަފުން މަސައްކަތްކުރަމުން އަންނައިރު މިއީ ދިވެހި ކުންފުންޏަކުން މިފަދަ ޗުއްޓިއެއް ދޭ ފުރަތަމަ ފަހަރެވެ.

ޓެގު