English Edition
Dhivehi Edition

އެޗް.ޑީ.ސީގެ ހިޔާ މަޝްރޫޢުގެ ދަށުން އަޅާފައިވާ ވިޔަފާރި ޔުނިޓްތައް ބަލައިލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެޗް.ޑީ.ސީއިން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުގައި ހިމެނޭ ވިޔަފާރި ޔުނިޓުތައް ބަލައިލުމުގެ ފުރުޞަތު މިދިޔަ އަހަރުގެ ޖުލައި މަހު ހުޅުވާލި ނަމަވެސް ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެފުރުޞަތު ވަނީ ރަޖިސްޓްރީ ކުރި ފަރާތްތަކަށް ނުދެވި ކަމަށާއި އެހެންނަމަވެސް ހިޔާ މަޝްރޫޢުގައި ހިމެނޭ ވިޔަފާރި ޔުނިޓްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވާތީ އާއި ކުރިއަށް އޮތްތަނުގައިވެސް ހިޔާ މަޝްރޫއުގެ އިތުރު ވިޔަފާރި ޔުނިޓުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާތީ، މިޔުނިޓް ތައް ބަލައިލުމަށް ރަޖިސްޓަރީކުރުމުގެ ފުރުޞަތު އަލުން ހުޅުވާލީ ކަމަށެވެ .
ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ހިޔާ ފްލެޓްތަކުގެ އެންމެ ތިރީ ފްލޯ ތަކުގައި ހާއްސަކުރެވިފައިވާ ވިޔަފާރި ޔުނިޓްތައް ބަލައިލުމުގެ ފުރުސަތު އެޗް.ޑީ.ސީން މިވަނީ އާއްމުންނަށް ހުޅުވާލާފައެވެ. އެހެންނަމަވެސް މިފުރުސަތު ލިބިގެންދާނީ އެކަމަށް އެދި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށެވެ.

އެހެންކަމުން، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 17 ޖަނަވަރީ 2021 ގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށް އެޗް.ޑީ.ސީ އިން ވަނީ އެދި ލައްވާފައެވެ .
މި ދެންނެވުނު ތާރީޚުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށާއި (ބަދަލުގައި ވަޑައިގެންފާނެ ފަރާތްތައް ހިމެނޭ ގޮތަށް) އަދި ރަޖިސްޓްރީކޮށްފައިވާ ފަރާތާއެކު ވަޑައިގަންނަވާ އިތުރު އެއްވެސް ފަރާތަކަށް މިޔުނިޓް ތައް ބެލުމުގެ ފުރުޞަތު ނުދެވޭނެ ކަމަށް ވެސް އެޗް.ޑީ.ސީ އިން ވަނީ އަންގާފައެވެ. އަދި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކާއެކު ވިޔަފާރި ޔުނިޓްތައް ދެއްކުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތުގެ ތަފްސީލް ހިއްސާކުރާނެ ވާހަކަ އެޗް.ޑީ.ސީ އިން ވަނީ އަންގާފައެވެ.