English Edition
Dhivehi Edition
ތިލަފުށި/ފޮޓޯ އެޗްޑީސީ

ކ. ތިލަފުށިން ސިނާއީ މަސައްކަތްތަކަށް ބިން ކުއްޔަށް ނެގުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކުން އެކަމަށް އެދުމުގެ ފުރުސަތު އެޗްޑީސީއިން ހުޅުވާލައިފިއެވެ.

އެ އެކުންފުނިން ބުނީ ސިނާއީ އެކި ބޭނުންތަކަށް ތިލަފުށިން ބިން ނެގުމަށް އެދި ގިނަ ބަޔަކު އެ ކޯޕަރޭޝަނަށް ހުށައަޅަމުންދާ ކަމަށެވެ. ބިން ކުއްޔަށް ނެގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކާއި ދިވެހި ކުންފުނިތަކުން ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް އެޗްޑީސީންވަނީ އެދިފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ބިމުގައި ޖާގަ އޮތް މިންވަރަށް ބަލައި، ތިލަފުށި މާސްޓަރ ޕްލޭން އާއި އެ ކޯޕަރޭޝަނުން ހެދިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
އެ ކަމާ ގުޅޭ މައުލޫމާތު އެކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅުއްވުމުން ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.