English Edition
Dhivehi Edition

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ރިސޯޓު މުވައްޒަފުންނަށް އާއިލާ ގާތަށް ނުދެވި ގިނަ ދުވަސްވަމުންދާތީ، އެ މުވައްޒަފުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގޮވަލައި، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މިއަދުގެ ޖަލްސާގައި އެ މައްސަލަ މަޖިލީހަށް ހުށަހެޅީ، އިދިކޮޅު މައި ޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާ މެމްބަރު ރިޯޓްރިސ އަހުމަދެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ އެ މައްސަލައަށް ހަައްލެއް ހޯދައި ދިނުމަށް އެދި މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެމްބަރު ހުސައިން ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެ މީހުންގެ އާއިލާތަކުގެ ގާތަށް ނުދެވި އެތައް މަހެއް ފާއިތުވަމުން ދާތީ ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ.

ބައެއް ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރަށާއި ކިތަންމެ ކައިރި ރިސޯޓެއްގައި މަސައްކަތް ކުރަން ޖެހުނަސް އާއިލާ ކައިިރިއަށް ދިއުމުގެ ފުރުސަތެއް ނެތްކަން ފާހަގަކޮށް ހުސައިން ވިދާޅުވީ މުވައްޒަފުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ އާއިލާގާތައް ދާން ބޭނުންނަމަ 10 ދުވަހުގެ ކަރަންޓީންގެ މުއްދަތު ފުރިމަހަ ކުރަން ޖެހުންކަމަށެވެ. ކަރަންޓީނުގެ މުއްދަތު ބައެއް ރިސޯޓްތަކުން ނޯޕޭގެ ގޮތުގައި ގުނަމުން އަންނަކަން ފާހަގަކުރަމުން ހުސައިން ވިދާޅުވީ މަޖިލީހަށް މި މައްސަލަ ހުށަހެޅުމުގެ ކުރިން ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ވެސް އެކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފައިވާނެކަމަށެވެ.

މި މައްސަލައިގެ އިތުރުން ހުސައިންވަނީ ރިސޯޓުތަކުގައި ފަތުރުވެރިން މާސްކު ނޭޅުމާއި ރިސޯޓުތަކުގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ނުދާކަން ފާހާގަކޮށް ކަންބޮޑުވުންފާޅުކޮށްފައެވެ.